Last Updated: April 25, 20:04
Thursday, April 25, 2024
ޚަބަރު

ޝާހްރުކްޚާންގެ އާ ވީޑިއޯ ލަވައެއް ރިލީޒް ކުރަނީ

ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކްޚާންގެ އާ ވީޑިއޯ ލަވައެއް ވަރަށް އަވަހަށް ރިލީޒް ކުރުމަށް އޭނާ ދަނީ ތައްޔާރު ވަމުންނެވެ.

ޝާހްގެ މި ލަވައިގައި އޭނާގެ ސިގްނޭޗަރ ސްޓެޕްތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ އޭނާ ބްރޭންޑް ކެމްޕޭނަކަށް ނެރޭ ލަވައެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ޝާހްގެ ކޮންމެ ފެނިލުމަކީ ވެސް އޭނާގެ ފޭނުންނަށް ވަރަށް ކަމުދާ ފެނިލުމަކަށް ވަނީ ވެފައެވެ. އެހެން ކަމުން މި ވީޑިއޯލަވަ ރިލީޒް ކުރާ ވާހަކަ ވެސް ވެގެން ދިޔައީ ގިނަ ބަޔަކު އިންތިޒާރު ކުރަން މަޖްބޫރު ކުރުވި ހަބަރަކަށެވެ.

އިންޑިއާގައި ކޮވިޑް 19ގެ ސަބަބުން އެޅިފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޝާހް ވަނީ އޭނާގެ ކުރިޔަށް އޮތް ފިލްމް"ޕަތަން" ގެ ޝޫޓިންގ އަށް ނިކުމެފައެވެ. މި ފިލްމުގައި އޭނާ އާއެކު އަންހެން ލީޑް ރޯލުގައި ފެނިގެން ދާނީ ދީޕިކާއެވެ. މި ފިލްމުގައި މުހިއްމު ރޯލުތަކުން ޖޯން އަބްރަހަމް އާއި ސަލްމާން ޚާން ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ސިއްދާތު އާނަންދު އެވެ. މި ފިލްމަށްފަހު ޝާހް ދެކުނު އިންޑިއާގެ ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ އަޓްލީއާއެކު ފިލްމެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. ޝާހްވަނީ އަޓްލީގެ ސްކްރިޕްޓް ވަރަށް ގަޔާވެފައެވެ. ދެކުނު އިންޑިއާގެ ފިލްމުތަކަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ފިލްމުތަކަކަށް ވެފައެވެ.