Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ޕްރިޔަންކާއަށް އިންސްޓަގްރާމް މުއްސަނދި ލިސްޓުގެ 27 ވަނަ

މި އަހަރުގެ ހޮޕާ އިންސްޓަގްރާމް މުއްސަނދި ލިސްޓްގެ 27 ވަނަ އިންޑިއާގެ ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޖޯނަސްއަށް ލިބިއްޖެއެވެ.

64 މިލިއަން ފޮލޯވަރުންނާއިއެކު ޕްރިޔަންކާ އިންސްޓަގްރާމްގައި ޕޯސްޓްކުރާ ކޮންމެ ޕްރޮމޯޝަނަލް ޕޯސްޓަކަށް އޭނާއަށް 3 ކްރޯޑް ރުޕީސް ލިބެއެވެ. މި ލިސްޓަކީ ކޮންމެ އަހަރަކު އެއްފަހަރު އެކި ފަންނާނުން ހިމެނޭ ގޮތަށް އެފަދަ ތަރިންގެ ޕޯސްޓްތަކަށް އެ މީހުންނަށް ލިބޭ ފައިސާގެ އަދަދު ހާމަކޮށްދޭ ލިސްޓެކެވެ. މި ފަހަރު މި ލިސްޓްގައި ހިމެނިފައިވަނީ އިންޑިއާގެ 2 މީހުންނެވެ. އެއީ ޕްރިޔަންކާ އަދި ވިރާޓް ކޯލީއެވެ.

މިދިޔަ އަހަރު ޕްރިޔަންކާ އޮތީ މި ލިސްޓްގެ 19 ވަނައިގައެވެ. އެހެން ނަމަވެސް މި އަހަރު އޭނާ މި ވަނީ ކުރިޔަށް ޖެހިލާފައެވެ. ކުރިކެޓް ކުޅުންތެރިޔާ ވިރާޓަށް މި ފަހަރު ލިބުނީ ލިސްޓްގެ 19 ވަނައެވެ. އެއީ ކުރާ ކޮންމެ ޕްރޮމޯޝަނަލް ޕޯސްޓަކަށް 5 ކްރޯޑްއެވެ.

މި އަހަރު ވެސް 295 މިލިއަން ފޮލޯވަރުންނާއިއެކު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ލިސްޓްގެ 1 ވަނަ ހާސިލް ކޮށްފައެވެ. އެ ގޮތުން އޭނާ ކުރާ ޕްރޮމޯޝަނަލް ޕޯސްޓަކަށް 11 ކްރޯޑް ލިބެއެވެ. އަދި މީގެ އިތުރުން މި ލިސްޓުގައި ކައިލީ ޖެނާ، ޓެއިލާ ސްވިފްޓް، ޑޭވިޑް ބެކަމް، ވިލް ސްމިތް ފަދަ ފަންނާނުން ހިމެނެއެވެ.