Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގައި އިތުރު ދިވެއްސަކު ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާގައި ކުޑަ ކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައިގާ އިތުރު 4 މީހުން ހައްޔަރުކޮށްފިއެވެ.

އުމުރުން 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވާތާ ތިން ވަރަކަށް މަސްވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ލަންކާ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަށިވިއްކުވުމުގެ މައްސަލައާ ގުޅިގެން 32 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.

އިތުރު 12 މީހުން ހައްޔަރު ކުރުމަށް މިހާރު ތަހުގީގް ކުރެވެމުންދާ ކަމަށް ސްރީލަންކާގެ ފުލުހުން މައުލޫމާތުދެއެވެ.

ސްރީލަންކާގެ ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މައްސަލައިގާ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އަންހެން ކުއްޖާގެ މަންމަ، އޮޓޯ ޑްރައިވަރެއް، ކާރު ޑްރައިވަރެއް، ފާދިރީއެއް، ބިޒްނަސްމަންއެއް، މިހިންތަލަ ޕްރަދެޝިޔާ ސަބާގެ ވައިސް ޗެއާމަން، ބޯޓެއްގެ ކެޕްޓަނެއް، ދިވެހި ފިރިހެނެއް، ވެބްސައިޓް އޯނާރ، ހޮޓެލް މެނޭޖަރ، އަދި އިޝްތިހާރު ޑިޒައިންކުރި މީހާ ހިމެނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދިވެހި މީހާގެ ވަނަވަރެއް އަދި އޭނާއަށް ކުރާ ތުހުމަތެއްވެސް ސާފެއް ނުވެއެެވެ.