Last Updated: April 23, 21:11
Tuesday, April 23, 2024
ދުނިޔެ

އެމެޒޮންގެ ސީއީއޯ އަކަށް އެންޑީ ޖެސީ ހަމަޖައްސައިފި

އެމެޒޮންގެ ސީއީއޯގެ މަގާމަށް އެންޑީ ޖެސީ ހަމަޖައްސައިފިއެވެ.

އެމެޒޮންގެ ސީއީއޯއަށް އެންޑީ ޖެސީ ހަމަޖެއްސީ އެ ކުންފުނީގެ ބާނީ ޖެފް ބެޒޯ އަސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

އެންޑީ މިމަގާމާއި ހަވާލުވުމުގެ ކުރިން ހުންނެވީ އެމެޒޮންގެ ކްލައުޑް ކޮމްޕިއުޓިން ބިޒްނަސްގެ ހެޑް ގެ މަގާމުގައެވެ. އެންޑީ އެމެޒޮންގައި މަސައްކަތް ކުރާތާ 24 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޖެފް ބެޒޯ މަގާމުން ވަކިވީ 27 އަހަރަށް ހިދުމަތްކޮށްފައެވެ. ޖެފް ބެޒޯގެ ލީޑަރޝިޕްގެ ދަށުން އެމެޒޮންއަށް ވަރަށް ގިނަ ކުރިއެރުން ވަނީ ލިބިފައެވެ. ޖެފް ބެޒޯ ސީއީއޯ މަގާމުން އިސްތިއުފާ ދިން ކަމުގައި ވިޔަސް އޭނާ ކުންފުނީގެ އެގްޒެކެޓިވް ޗެއާމަންގެ މަގާމުގައި ހުންނާނެ އެވެ.

ޖެފް ބެޒޯ އެމެޒޮންގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެކުންފުނީގެ އާންމު އަހަރީ ޖަލްސާގައި އިއުލާން ކޮށްފައިވެ އެވެ. އަދި ބެޒޯ ފާހަގަ ކުރާގޮތުގައި ދެން އޭނާ މަސައްކަތް ކުރާނީ އޭނާގެ އަމިއްލަ އުފެއްދުންތައް ކުރިއެރުވުމުގައި ކަމަށެވެ.