Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

5 އަހަރަށް ފަހު ކަރަން ޖޯހަރް އެނބުރި ޑައިރެކްޝަނަށް

5 އަހަރު ފަހުން މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރ ކަރަން ޖޯހަރު އެނބުރި ޑައިރެކްޝަނަށް އެނބުރި އަންނަން އުޅޭކަން އޭނާ އިއުލާން ކޮށްފިއެވެ.

ކަރަން ޖޯހަރު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މިއީ އަނެއްކާވެސް އާ ފެށުމެކެވެ. އޭނާގެ އަސްލު މަޤާމަށް އެނބުރި އަންނަނީ ވަރަށް ބޮޑު އުއްމީދަކާއި އެކުގައި ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ޖޯހަރު ޑައިރެކްޓް ކުރުމަށް ތައްޔާރުވަމުން ދަނީ ލޯބި އަދި އާއިލާ ދައްކުވައިދޭ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ކަރަން އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވަނީ 2016 ވަނަ އަހަރު ފިލްމް"އޭ ދިލް ހޭ މުޝްކިލް" އެވެ. އެ ފިލްމު ވެގެން ދިޔައީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމަކަށެވެ. އެ ފިލްމުގެ ލީޑްރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި ރަންބީރް ކަޕޫރް، އައިޝްވަރްޔާ ރާއީ ބައްޗަން، އަނުޝްކާ ޝަރްމާ، އަދި ފަވާދު ޚާން ހިމެނެއެވެ.

ފާއިތުވި އަހަރު ކަރަން ވަނީ ދެ ވެބް ސީރީސްގެ މަސައްކަތް ކޮށްފައެވެ. އެއީ" ކަސްޓް ސްޓޯރީސް" އަދި "ގޯސްޓް ސްޓޯރީސް" އެވެ. އަދި އޭނާ ވަނީ އަކްޝޭ ކުމާރު އަދި ކެޓްރީނާ ކެއިފްގެ ފިލްމް"ސޫރްޔަވަންޝީ" އަދި ރަންބީރް ކަޕޫރް އަދި އާލިޔާ ބަޓްގެ ފިލްމް"ބްރަހްމަސްތްރާ" ޕްރޮޑިއުސް ކޮށްފައެވެ. އަދި މީގެ އިތުރުން ކަރަން ވަނީ އުތުރު އިންޑިއާގެ ސްޓާރެއް ކަމަށްވާ ވިޖޭ ދެވެރަކޮންޑާ ފިލްމް"ލިންގާ" އިން ބޮލީވުޑަށް ލޯންޗް ކުރުމަށް ތައްޔާރު ވެފައެވެ. މި ފިލްމުގައި އަންހެން ލީޑްރޯލުން ފެނިގެންދާނީ އަނަންޔާ ޕާންޑޭއެވެ.