Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

މި އަހަރު އޮސްޓްރޭލިއާއިން ކޮވިޑް ޖެހިގެން ފުރަތަމަ މީހާ މަރުވެއްޖެ

2021 ވަނަ އަހަރު ފެށުނު ފަހުން އޮސްޓްރޭލިއާއިން ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސިޑްނީގައި 90 އަހަރުގެ އަންހެނެެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނިއު ސައުތު ވޭލްސް އިން އާދީއްތަ ދުވަހު ވަނީ 77 އާ ކޭސް ފެނިފައެވެ. 52 މީހުން ހޮސްޕިޓަލުގައި އެޑްމިޑް ކުރެވި ފަރުވާދެމުންދާ އިރު 15 މީހުންނަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ފެނުމާއި ގުޅިގެން އޮސްޓްރޭލިއާގެ ސިޑްނީ ވަނީ ލޮކްޑައުން ކޮށްފައެވެ. މަރުވި މި މީހާއަކީ އެ ސްޓޭޓުން މަރުވި 57 ވަނަ އަދި 10 މަސްދުވަސް ތެރޭގައި މަރުވި ފުރަތަމަ މީހާއެވެ.

ތަޖުރިބާކާރުން ވަނީ ހޯމަ ދުވަހު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކުރިޔަށް ހުރި ދުވަސްތަކުގައި އަދަދުތައް މަތިވެ ހާލަތު ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

ކޮވިޑްގެ ކަންތައް ފެށުނުފަހުން މިހާތަނަށް އެ ގައުމުން ވަނީ 31،000 ކޮވިޑް ކޭސް ރެކޯޑް ކުރެވިފައެވެ. އަދި 911 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ގްރޭޓާ ސިޑްނީގެ 5 މިލިއަން މީހުން ވަނީ ގޭގައި ބޭރަށް ނުނިކުމެ އުޅެން ޖެހިފައެވެ. ވޮލޮންގޮންގް އަދި ސެންޓްރަކް ކޯސްޓް އޭރިއާގައި ލޮކްޑައުން އޮތީ ހުކުރު ދުވަހު ނަގާ ގޮތަކަށެވެ އެހެން ނަމަވެސް މިހާރު ޖުލައި 16 ވަނީ މުއްދަތު އިތުރު ކުރެވިފައެވެ. އަދި އަންނަ ހަފްތާގައި ސްކޫލްތައް ވެސް ބަންދުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ލޮކްޑައުންގެ ސަބަބުން މީހުންނަށާއި ވިޔަފާރިތަކަށް ލިބޭނެ ގެއްލުމާއި ވާނެ އުނދަގޫތައް އިހްސާސް ކުރެވޭ ކަމަށް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް ވެކްސިން ނުދެވި ގިނަ ބަޔަކު ތިބުމުގެ ސަބަބުން ފައްސިވާ އަދަދު މަދުކުރެވޭތޯ ލޮކްޑައުން ކުރުން މުހިއްމު ކަމަށް ސަރުކާރުން ހާމަކުރެއެވެ.