Last Updated: April 18, 20:49
Thursday, April 18, 2024
ކުޅިވަރު

ޖޮކޮވިޗް ހަވަނަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކޮށްފި

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވިމްބަލްޑަން ޓެނިސް މުބާރާތް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް ހަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

ސާބިޔާ އަށް އުފަން ޖޮކޮވިޗް މި މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އިޓަލީގެ މަޓެއޯ ބޮރެޓީނީއާ ބައްދަލުކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 7-6 އިން ގެންދިޔައީ ބެރެޓިނީއެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ވެސް ޖޮކޮވިޗް ވަނީ 6-4 ގެ ނަތީޖާ އިން ކާމިޔާބުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓު 6-3 އިން ކާމިޔާބުކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ޖޮކޮވިޗް ހަވަނަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކޮށްފައިވާއިރު، މިއީ މިއަހަރުތެރޭ އޭނާ ކާމިޔާބުކުރި ތިންވަނަ ގްރޭންޑް ސްލޭމްއެވެ. މީގެކުރިން ޖޮކޮވިޗް ވަނީ މިއަހަރުތެރޭ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ވެސް ކާމިޔާބުކޮށްފައެވެ.

މި ތިން ތަށްޓާއެކު އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި ގްރޭންޑް ސްލޭމްތަކުގެ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ. ޖޮކޮވިޗް ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. އަނެއް ދެ ކުޅުންތެރިންނަކީ ރޮޖާ ފެޑެރާ އާއި ރަފޭލް ނަޑާލް އެވެ.