Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކޮވިޑް ކޭސްތަކެއް ފެނިގެން ސުނީލް ޝެޓީގެ އެޕާޓްމަންޓް ބަންދުކޮށްފި

މަޝްހޫރު ބޮލީވުޑްގެ އެކްޓަރ ސުނީލް ޝެޓީގެ ދެކުނު މުމްބާއީގައި ހުންނަ އެޕާޓްމަންޓުން ޑެލްޓާ ވޭރިއަންޓްގެ ކޭސްތަކެއް ފެނިގެން ބަންދު ކޮށްފިއެވެ.

ރިޕޯޓްތަކުގައި ވަނީ ތެދު ޚަބަރެއް ކަމަށް ސުނީލް ވެސް ވަނީ އިންޑިއާގެ ނީސްތަކަށް ޔަގީންކޮށް ދީފައެވެ.

ސުނީލް މިވަގުތު ހުރީ އަވަށުން ބޭރުގައި ޝޫޓިންގގެ މަސައްކަތެއްގައެވެ. އެ އެޕާޓްމަންޓްގައި ދިރިއުޅެމުންދަނީ އޭނާގެ އާއިލާ ކަމަށް މައުލޫމާތު ލިބެއެވެ. އޮފިޝަލުން ހާމަކުރާ ގޮތުގައި އާއިލާގެ އެންމެންގެ ހާލަތު ވެސް ރަނގަޅެވެ.

ކޮވިޑް ކޭސްތައް ފެނިފައިވަނީ ސުނީލްގެ އާއިލާ މެމްބަރުންގެ ތެރެއިން ކޮން ބައެއްގެ ފަރާތުން ކަމެއް ސާފުވާ ގޮތެއް އަދި ނުވެއެވެ.

ސުނީލް ޝެޓީއަކީ 90ގެ އަހަރު ތަކުގައި އިންޑިއާގެ ސިނަމާތަކުގައި ރަސްކަން ކުރަމުން އައި ތަރިއެކެވެ. ދިވެހިންގެ ތެރޭގައި ވެސް އެއީ ވަރަށް މަޤްބޫލު ފަރާތެކެވެ.