Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ޝާހްރުކް ޚާން އާއި ސަންޖޭދަތު ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކަށް

ޝާހްރުކް ޚާން އާއި ސަންޖޭދަތު ފުރަތަމަ ފަހަރަށް އެކުގައި ފިލްމެއް ކުޅުމަށް ނިންމައިިފިއެވެ.

ބޮލީވުޑްގައި ޝާހްރުކް ޚާން އަދި ސަންޖޭދަތު އަކީ ބެލުންތެރިން ބަލައިގަތް ގިނަ މަސައްކަތްތަކެއް ކޮށްފައިވަނީ ގިނަ ބަޔަކު ތާއީދުުރާ ދެ ތަރިންނެވެ. ފޭން ފޮލޯވިންގ އިންތިހާއަށް ލިބިފައިވާ މި ދެތަރިން އެކުގައި ފެނިގެން ދިޔުމަކީ ވަރަށް ގިނަ ބަޔަކު ދެކެން ބޭނުންވާނެ މަންޒަރެއްކަން ޔަގީނެވެ.

ޝާހުއަކީ ލޯބީގެ ރަސްގެފާނު ކަމަށް ކިޔަމުންދާއިރު ސަންޖޭއަކީ ބްރޯއެއްގެ ލަގަބު ލިބިފައިވާ މީހެކެވެ. އެހެން ކަމުން އިއުލާން ކުރެވުނު މި ޚަބަރާއެކު ގިނަ ބަޔަކު ދަނީ މި ފިލްމު ސްކްރީނަށް އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަން ފަށާފައެވެ.

މި ދެތަރިން އެކުގައި ފެނިގެންދާ ފިލްމުގެ ނަމަކީ"ރާކީ"އެވެ.

މި ފިލްމުގެ ނަން ހާމަކޮށްފައިވީ ނަމަވެސް އެކުގައި ލީޑްރޯލުން ފެނިގެންދާނެ އަންހެން ތަރިންގެ ވާހަކައެއް އަދި މި ދެތަރިން ދައްކާފައެއް ނުވެއެވެ. ޕްރޮޑިއުސް އަދި ޑައިރެކްޓް ކުރަނީ ކޮންބައެއް ކަމެއް ވެސް ހާމަކޮށްފައިނުވެއެވެ.

މި ހަބަރާއެކު ގިނަ ބަޔަކު ދަނީ މި ފިލްމަށް އިންތިޒާރު ކުރެވޭ ކަމަށް ބުނެފައެވެ.