Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި

އަބްދުﷲ ގާޒީ (ވ): އޭނާ ޗުއްޓީ ނެންގެވުމުން، ކްރިމިނަލް ކޯޓު ހިންގެވުން ފަނޑިޔާރު އަބްދުﷲ ދީދީއާ ވަނީ ހަވާލުކޮށްފައި.-- ހަވީރު ފޮޓޯ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރި ސުލޫކީ މައްސަލަ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ، ތަހުގީގު ކުރެވި އެ މައްސަލަ ސާބިތު ނުވާ ކަމަށް މި މަހުގެ ހަތްތަވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އަބްދުﷲ ގާޒީއާ ގުޅޭގޮތުން ތަހުގީގު ކުރި ސުލޫކީ މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ގާޒީ މީގެކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައެވެ. އަދި ޑްރަގް ކޯޓުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރައްވާފައިވަނީ 2016 ވަނަ އަހަރުއެވެ.