Last Updated: April 19, 22:45
Friday, April 19, 2024
ޓެކްނޮލޮޖީ

މައިކްރޯސޮފްޓާއި އެކު ސަރުކާރުގެ އިދާރާތައް އެއް ޕްލެޓުފޯމަކަށް

މައިކްރޯސޮފްޓް 365 ގެ ހިދުމަށް ރާއްޖޭގައި ބޭނުން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިއެއްބަސްވުމަކީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ފަސޭހަ ކަމާއެކު އަދި ހުރިހާ އިދާރާއެއް އެއް ޕްލެޓްފޯމެއްގައި މަސައްކަތް ކުރުމުގެ ގާބިލުކަން ހޯދައި ދިނުމުގެ ގޮތުން އެއްބަސްވި އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އެވެ. މިނިސްޓަރ ޝައުނާވަނީ މައިކްރޯސޮފްޓްގެ އޭޝިއާ ޕެސިފިކް، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޓީމަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝައުނާ މިރަސްމީޔާތުގައި ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވީ މިއީ ވަރަށް ގިނަ ގުނަ ފައިދާ ވާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް ރާއްޖެ އަކީ ކުދިކުދި ޖަޒީރާ ތަކަށް ރަށްތައް ބެހިފައި ހުރި ގައުމަކަށް ވެފައި މައިކްރޯސޮފްޓް ކްލައުޑްގެ އެހީގައި ރަށްތަކުގެ އިދާރީ ހިންގުން ގުޅާލެވި ސަރުކާރުގެ މުވައްޒަފުންނަށް ގުޅިގެން މަސައްކަތްކުރެވޭނެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށެވެ.

ދައުލަތުގެ އިދާރާތަކުގައި ޚިދުމަތްކުރައްވާ މުވައްޒަފުންގެ މަސައްކަތް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެހީގައި އިތުރަށް ހަރުދަނާކުރުމަށް އަބަދުވެސް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ނޭޝަނަލް ރެސިލިއެންސީ އެންޑް ރިކަވަރީ ޕްލޭންގެ ދަށުން މަސައްކަތްތައް ޑީސެންޓްރަލައިޒް ކުރެވި އެއިން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ގިނަ މަސައްކަތްތައް ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ފޮޖެކްޓްގެ ދަށުން ސަރުކާރުގައި މަސައްކަތް ކުރާ 20000 މުވައްޒަފުންނަށް މައިކްރޯސޮފްޓް 365 ގެ ހިދުމަތް ދޭންވަނީ ނިންމާފައެވެ. މި އެއްބަސްވުމަކީ 3 އަހަރު ދުވަހަށް ހެދިފައިވާ އެއްބަސްވުމެކެވެ.