Last Updated: April 26, 23:59
Saturday, April 27, 2024
ވިޔަފާރި

ބީއެމްއެލްގެ ބޯޑަށް އާ މެންބަރުން ހޮވައި، ޗެއަރޕާސަން ކަނޑައަޅައިފި

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް އައު މެންބަރުން ހޮވައި، ޗެއަރޕާސަން ކަނޑައަޅައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ އެ މަޤާމަށް ކަނޑައެޅީ 38 ވަނަ އަހަރީ އާންމު ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައިކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރާ ޑިރެކްޓަރުންގެ ގޮތުގައި އަހަރީ އާއްމު ޖަލްސާއިން ކަނޑައަޅާފައިވަނީ

1. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
2. ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
3. ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް
4. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
5. ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
6. ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
7. މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެއްވި 2 ޑިރެކްޓަރުންނަކީ:

1. އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
2. އަޙްމަދު މުޙައްމަދު، ގ. އުފާ