Last Updated: April 20, 17:52
Saturday, April 20, 2024
ޚަބަރު

ޓޯކިއޯ އޮލިމްޕިކްސްއަށް ދިޔަ ފުރަތަމަ ދެ އެތްލީޓުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޓޯކިއޯ އެތްލެޓިކްސްގައި ބައިވެރިވުމަށް ދިޔަ ފުރަތަމަ ދެ އެތްލީޓުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ސައުތު އެފްރިކާގެ 2 ފުޓްބޯޅަ ކުޅުންތެރިންވަނީ އޮލިމްޕިކްސް ފެއްޓުމުގެ 5 ދުވަސް ކުރިން ޕޮޒިޓިވްވެ އެންމެ ފުރަތަމަ ޕޮޒިޓިވްވީ ދެ އެތުލީޓުންނަށް ވެފައެވެ. ހޮނިހިރު ދުވަހު ވީޑިއޯ އެނަލިސްޓެއް ކަމަށްވާ މާޝާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ސަބަބުން އެ މީޑިއާ ގްރޫޕް ވަނީ ކަރަންޓީނަށް ލެވިފައެވެ. މީގެ އިތުރުން އެ ވިލެޖުން ބޭރުގައި ހުރި އެހެން އެތްލީޓަކު ވެސް ވަނީ އާދީއްދަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެހެން ކަމުން އެތްލީޓުންގެ ތެރެއިން ޕޮޒިޓިވްވީ އަދަދު މިވަނީ 3ށް އަރާފައެވެ.

އޮލިމްޕިކްސް އޯގަނައިޒަރުން ވަނީ މީޑިއާއަދި އޮލިމްޕިކްސްގެ ބައިވެރިންނާއި ކޮންޓްރެކްޓަރުން ހިމެނޭ ގޮތަށް 10 ކޮވިޑް ކޭސްވަނީ ފެނިފައެވެ. ޓޯކިއޯގައި ކޮވިޑްގެ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. އެ ގޮތުން 4 ދުވަހުގެ ތެރޭގައި 1000 އައު ކޭސް ވަނީ ރިޕޯޓްކުރެވިފައެވެ.

ޓޯކިއޯ އޮލިމްޕިކްސް 2020ގެ ތަރުޖަމާނު ބުނެފައިވާ ގޮތުގައި އެ ގައުމަށް މި ވަގުތު މި މުބާރާތުގައި ބައިވެރިވާން ދިޔުމަށް ހަމަޖެހިފައިވާ ހުރިހާ އެތްލީޓުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި މުބާރާތް ނިމިގެން ދާއިރު ބޮޑު އައުޓްބްރޭކްއަކަށް ނުގޮސް ވޭތޯ ސިއްޚީ މާހިރުންގެ ލަފާގެ މަތިން އެމީހުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޓީމުތައް ބަރާބަރަށް ޓެމްޕަރޭޗަރ ޗެކް ކުރުމާއި އެއްވެސް ކަހަލަ އަލާމާތެއް ފެނޭތޯ ކޮންމެ ދުވަހަކު ވެސް ޗެކް ކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖަޕާނުގެ އޮލިމްޕިކްސް މިނިސްޓަރު ތަމަޔޯ މަރުކަވާ ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި ސަރުކާރުން ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައިވުމާއެކު، ސަރުކާރާއި އޮލިމްޕިކްސް ހިންގާ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މި އަހަރު އޮލިމްޕިކްސް އިވެންޓްތައް ބެލުމަށް މީހުންނަށް ޖާގަ ނުދީ ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މި ނިންމުން ނިންމާފައިވަނީ މި ކަމާއިގުޅުން ހުރި ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވަނީ ބުނެފައެވެ. މިއީ ވަރަށް ދެރަވާ ކަމެއް ކަމަށާޢި މިއަހަރު އޮލިމްޕިކްސް ބެލުމަށް ވަނުމަށް ޓިކެޓް ގަނެފައިވާ ފަރާތްތަކުން މާފަށް އެދޭ ކަމަށް ތަމަޔޯ ވަނީ ބުނެފައެވެ.

އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 8 ގެ ނިޔަލަށެވެ.

ޖަޕާނުގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެން އޮގަސްޓް 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖަޕާނުގެ ޕްރައިމް މިނިސްޓަރު ޔޮޝިހިދޭ ސުގާ ބުނެފައިވާ ގޮތުގައި މުސްތަޤްބަލުގައި ޖަޕާނުގައި ކޮވިޑް އިތުރަށް ފެތުރިގެން ގައުމުގެ ހާލަތު ދަށަށް ދިޔަ ނުދީ ހިފެހެއްޓުމަށްޓަކާ މިއަދު ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރުން ކޮންމެހެން މުހިއްމު ކަމެއް ކަމުގައި އޭނާ ދެކެއެވެ.

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އޮލިމްޕިކް ގޭމްސްތައް ބެލުމަށް އެއްވެސް ބަޔަކަށް ޖާގަ ނުދިނުމަކީ ކޮވިޓް ފެތުރުން ހުއްޓުމަށް އެޅޭނެ ފިޔަވަޅެކެވެ.