Last Updated: April 25, 22:42
Friday, April 26, 2024
ދުނިޔެ

ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ރޭ ބަދަލުކޮށްފިއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމަކީ ހައްޖުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަ ކަމެވެ. އެގޮތުން ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އޮންނާނީ ކޮންމެ އަހަރެއްގެ އަރަފާތު ދުވަހުއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ އެކަމަށް ކަނޑައަޅާފައިވަ ހާއްސަ ޓީމަކުން ކަމަށްވާއިރު، އުރަކޮޅުގެ ބަރުދަނީ 670 ކިލޯއެވެ. އުރަކޮޅު ފަހާފައި ވަނީ އެންމެ މޮޅު ސިލްކުންނެވެ. އަދި އުރަކޮޅު ޒީނަތްތެރި ކުރުމަށް ލިޔެފައި ހުންނަ ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތްﷲ ގެ އިސްމުފުޅުތައް ލިޔެފައިވަނީ ރަނާއި، ރިހީގެ ރޮދިންނެވެ. މިކަމަށް 120 ކިލޯ ރަނާއި، 100 ކިލޯ ރިހި ބޭނުން ކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ހައްޖުގައި ބައިވެރިކުރަން ސައުދީ އަރަބިއްޔާ އިން ނިންމާފައިވާ އަދަދަކީ 60،000 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ ހިމެނެނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މުސްލިމުންނެވެ. އަދި ހައްޖުގައި ބައިވެރިވާ 60،000 މީހުންނަކީ ވެސް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ.

ހައްޖުގައި ބައިވެރިވުމުގެ ފުރުސަތު 60،000 މީހުންނަށް ދީފައިވާއިރު، ކޮވިޑް ބަލި އައުމުގެ ކުރިން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ބަޔަކު ހައްޖުގެ އަޅުކަމުގައި ބައިވެރިވެއެވެ.