Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ދެ ބުޅަލުގެ ކޯޅުން ބަލަން ތިބޭކަށް ނެތިން: ރުކުމާ

ދެ ބުޅަލުގެ ކޯޅުން ބަލަން ތިބެން ބޭނުންނުވާކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަިއ ހުންނެވުމަށްފަހު އިދިކޮޅު ޕީޕީއެމަށް ރޭ ގުޅިގެން ވާހަކަ ދައްކަވަމުން ރުކުމާ ވިދާޅުވީ، މަކުނު ބޯކިބާ ބަހާގޮތާމެދު ހިތްހަމަ ނުޖެހިގެން އުޅޭގޮތް އެނގޭކަމަށާއި، ދެ ބުޅަލުގެ ކޯޅުން ބަލަން ތިބެން ބޭނުންނުވާކަމަށެވެ.

ރުކުމާ ވިދާޅުވީ ގިނަ ބައެއްގެ ތާއީދު މިއަދު އެމްޑީޕީއަށް ނެތްކަމަށާއި، ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ ހަމައެކަނި ޕީޕީއެމް ޕީއެންސީގެ ކޯލިޝަނަށް ކަމަށް ގިނަ ބަޔަކު ދެކޭކަމަށެވެ.

ރުކުމާ ވިދާޅުވީ ގިނަ ރައްޔިތުން މިހާރު އެދެނީ ޕީޕީއެމް ޕީއެންސީއާ އެކު މަސައްކަތްކުރުމަށްކަމަށާއި، އެހެންކަމުން އޭނާވެސް އެގޮތަށް ނިންމީކަމަށެވެ.

ރުކުމާގެ އިތުރުން މިސަރުކާރުގައި ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް އަދި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.