Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ދުބާއީގައި ސަލްމާންގެ އަނތްބަކާއި ދަރިއަކު ހުރިކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ދުބާއީގައި މަޝްހޫރު ތަރި ސަލްމާން ޚާންގެ ނޫރު ނަމަކަށް ކިޔާ އަނތްބަކާއި 17 އަހަރުގެ ކުއްޖަކު ހުރި ކަމަށް މީހަކު ދެއްކި ވާހަކައެއް ސަލްމާން ދޮގުކޮށްފިއެވެ.

ދާދިފަހުން ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާންގެ ޝޯއެއްގައި އަރްބާޒް ވަނީ ސަލްމާން އާއި ބެހޭގޮތުން މީހުން ކޮށްފައިވާ ޕޯސްޓްތައް ކިޔާދީފައެވެ. އޭގެ ތެރެއިން އެއް ޕޯސްޓެއްގައި މީހަކު ބުނެފައިވަނީ ސަލްމާންގެ އަނތްބަކާއި 17 އަހަރުގެ ދަރިއަކު ހުރިކަމަށެވެ. އަދި ސަލްމާން މީހުންނަށް އޮޅުވާލައިގެން އުޅޭ ކަމަށާއި ކިހާ ދުވަހެއް ވަންދެން އެގޮތުގައި އޭނާއަށް ހުރެވޭނެތޯ ސުވާލު ކޮށްފައިވެއެވެ. އެއަށް ދޭން އޮތް ޖަވާބަކީ ކޮބައިތޯ އަރްބާޒް ސުވާލު ކުރުމުން ސަލްމާން ވަނީ އޭނާއަކީ އުފަންވީއްސުރެ އިންޑިއާގެ ގެލެކްސީ އެޕާޓްމަންޓް ތަކުގައި އުޅެމުންދާ މީހެެއް ކަމަށް ބުނެފައެވެ.

އެ ވާހަކަ ދެއްވި މީހާއެ މައުލޫމާތު ހޯދެއް ކިހިނެއް ކަމެއް ނޭނގޭ ކަމަށާއި އޭނާ އަދި މީހަކާއި އިނދެފައި ނުވާ ކަމަށާއި ދަރިއަކު ނުހުންނާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ. މީހުންނާއި ބެހޭގޮތުން އެފަދަ ދޮގު ޚަބަރު ފަތުރާ މީހުން އެކަން ހުއްޓާލުން ބުއްދިވެރި ކަމަށް ވެސް ސަލްމާން ވަނީ ބުނެފައެވެ.

ސަލްމާން އެންމެ ފަހުން ފެނިފައިވަނީ ފިލްމް "ރާދޭ:ޔޯ މޯސްޓް ވޯންޓެޑް ބާއީ" އިންނެވެ، އެ ފިލްމުގައި ސަލްމާން އާއެކު އަންހެން ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ދިޝާ ޕާޓްނީއެވެ. އަދި އޭގެ އިތުރުން ރަންދީޕް ހޫޑާވެސް މުހިއްމު ރޯލަކުން ވަނީ ފެނިގެން ގޮސްފައެވެ.

ދެން އެންމެ އަވަހަށް ސަލްމާންގެ މަސައްކަތަކަށް ފެނިގެންދާނީ ފިލްމް "އަންތިމް" ކަމަށް ރިޕޯޓްތައް ބުނެއެވެ.