Last Updated: July 16, 22:23
Wednesday, July 16, 2025
ޚަބަރު

ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ދ. އަތޮޅުގައި ހިންގާ ހޮޓެލް ރިއު ޕެލެސް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުންގެ ބުނީ މޫދަށް އެރި އުޅުމުގެ ތެރޭގައި މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ޔުކްރެއިން ފިރިހެނެއް ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 12:33 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.