ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 144 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 36 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 72 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 36 މީހަކު ހިމެނޭ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،332 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2571 ކަމަށްވާއިރު އޭގެތެރެއިން 12 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މި ބަލިން 73،531 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 218 މީހަކު ވަނީ ނިޔާވެފައެވެ.