Last Updated: April 27, 09:46
Saturday, April 27, 2024
ޓެކްނޮލޮޖީ

ޖެފް ބެޒަސްގެ ޖައްވު ދަތުރު ކާމިޔާބު!

ދުނިޔޭގެ އެންމެ މަގުބޫލް ބިލިއަނަރު އަދި ބުލޫ އޮރިޖިންގެ ފައުންޑާ ޖެފް ބެޒަސް ޖައްވަށް ގޮސްފިއެވެ. އޭނާ ޖައްވަށް ފުރީ އޭނާގެ ކުންފުނި ކަމަށްވާ ބުލޫ އޮރިޖިންއަން އުފެއްދި "ނިއު ޝާޕާޑް" ނަމަކަށް ކިޔާ އުޅަދަކުންނެވެ.

ޖެފް ބެޒޯސްގެ މައިގަނޑު މަގްސަދަކީ ސްޕޭސް ޓުއަރިޒަމް ތައާރަފް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ވަރަށް ރައްކާތެރި ކަމާއެކު ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބެޒަސް އިތުރަށް ފާހަނގަ ކުރާ ގޮތުގައި މިއީ ވަރަށް މަޖާ ކަމެއް ކަމަށާއި ޖައްވާއި ދުނިޔޭގެ ރީތިކަން ވަރަށް ސާފުކޮށް ފެންނަ ކަމެއް ކަމަށެވެ. އަދި އަމިއްލައަށް މިކަން ތަޖުރިބާކުރެވުމުން، ކުރިން ޖައްވަށްދާ އެސްޓްރޮނަޓުން ދައްކާ ވާހަކަ ގަބޫލުކުރެވުނު ކަމަށެވެ.

ބޭޒަސް ޖައްވަށް ކުރި ދަތުރުގައި 82 އަހަރުގެ ވަލީ ފަންކްވެސްބައިވެރިވިއެވެ. އޭނާއަކީ ޖައްވަށް ދަތުރުކުރި އެންްމެ އުމުރުން ދުވަސްވީ މީހާއެވެ. އަދި މިހާތަނަށް ޖައްވަށް ދަތުރު ކުރި އެންމެ ހަގު މިހާގެ ގޮތުގައި އުމުރުން 18 އަހަރުގެ އޮލިވާރ ވެސް ބައިވެރިވިއެވެ.

ޖުލައި 11 ވަނަ ދުވަހު ބިލިއަނަރު ރިޗަޑް ބްރެންސަން ވެސް ވަނީ ޖައްވަށް ގޮސްފައެވެ. ރިޗާޑް ބުރެންސަން ޖައްވަށް ދިޔައީ އޭނާގެ ކުންފުނި ކަމަށްވާ ވާޖިން ގެލެކްޓިކްގެ "ޔުނިޓީ 22" އިންނެވެ