Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އަނދިރި ދައުލަތް ނެތޭ ބުނަނީ، އަނދިރި ދައުލަތާ ނުލާ އަދާލަތަށް މެމްބަރުން ހަމަނުވާތީ: ބޮންޑޭ

މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަނދިރި ދައުލަތެއް އޮތްކަން ޤަބޫލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެކޮޅު ހަދަނީ އަނދިރި ދައުލަތާ ނުލާ އަދާލަތު ޕާޓީއަށް މެމްބަރުން ހަމަނުވާތީ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާނަށް ފާޑުވިދާޅުވެ ބޮންޑޭ ޓްވީޓް ކުރައްވާފައިވަނީ، "އަދަދު" ނޫހަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ރާއްޖޭގައި އަޑީ ދައުލަތެއް އޮތްކަމުގެ އެއްވެސް ރިޕޯޓެއް ފުލުހުންގެ ފަރާތުން މިހާތަނަށް ލިބިވަޑައިގެންފައިނުވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެންނެވެ.

އިމްރާންގެ މި ވާހަކަތަކާއި ގުޅިގެން ބޮންޑޭ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި "އަނދިރި" ދައުލަތެއް ހިނގަމުންދާ ކަމަށް ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ބުނަމުންދާއިރު ސަރުކާރުގެ ވަޒީރު އެކަމަށް އިންކާރު ކުރަމުންދަނީ އަދިރި ދައުލަތް ރުއްސައިގެން ނޫނީ އަދާލަތު ޕާޓީއަށް ދިހަހާސް މެމްބަރުން ހަމަކުރެވެންނެތުމުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުންން އަދާލަތު ޕާޓީއަށް މިދަނޑުވަޅުގައި ފާޑުކިޔަމުން އަންނަނީ ނަފްރަތުގެ ބިލު ފާސްކުރުމާއި ދެކޮޅަށް އަދާލަތު ޕާޓީން މަސައްކަތް ކުރަމުން އަންނާތީއެވެ. އަދި ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އެ ބިލު ފާސްކުރުމާއި ދެކޮޅު ހަދަމުން އަންނަނީ އަދާލަތު ޕާޓީން އެ ބިލު ފާސްކުރުމާއި ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނުފޫޒުފޯރުވާތީއެވެ.

މީގެ އިތުރުންވެސް މިފަހުން އެކި ފަހަރު މަތިން ރައީސް ނަޝީދު ވަނީ އަދާލަތު ޕާޓީއަކީ ހަރުކަށިފިކުރުގެ ބައެއްކަމަށާއި، ހަރުކަށިފިކުރުގެ ތާއީދާ ނުލާ ވެރިކަމަށް އައުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.