Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަކްޝޭގެ ފިލްމް "ބައްޗަން ޕާންޑޭ"ގެ ފައިނަލް ޝޫޓިންގއަށް ތައްޔާރު ވެއްޖެ

އަކްޝޭ ކުމާރުގެ 2022ގައި ރިލީޒް ކުރެވޭނެ ކަމަށް ބެލެވޭ "ބައްޗަން ޕާންޑޭ"ގެ ފައިނަލް ޝޫޓިންގއަށް ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ފައިނަލް ޝޫޓިންގއަށް ޓަކައި އަންދޭރީގެ ތިއޭޓަރު ވަނީ އެއްކޮށް ބުކް ކޮށްފައެވެ. 200 މީހުންގެ ކްރޫއެއް ވަނީ ދެފަހަރެއްގެ މަތިން ކޮވިޑް ޓެސްޓްހަދާ ވަކިން ބައިތިއްބާފައެވެ. މި 200 މީހުން ފައިނަލް ޝޫޓިންގގައި 3 ދުވަސްވަންދެން އުޅޭނެއެވެ. ފައިނަލް މަންޒަރު ތަކުގައި ބެލުންތެރިންގެ ބޮޑު ބައެއްވެސް ހިމަނަން ޖެހޭ ކަމަށާއި އެކަމަށް ވެސް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ކްރިތީ ސެނަން އަދި އަރްޝަދު ވަރްސީ ވަނީ އެމީހުންގެ މަންޒަރުތައް މިހާރުވެސް ތިއޭޓަރުގައި ޝޫޓް ކުރަން ފަށާފައެވެ. އެހެން ނަމަވެސް އެމީހުންނާއި އަކްޝޭ ބައްދަލު ކުރުމަށް ހަމަޖެހިފައިވަނީ މިއަދެވެ. މީގެ ކުރިން މި ފިލްމުގެ ޝޫޓިންގ ކުރިޔަށް ގެންގޮސްފައިވަނީ ޖެއިސަލްމާގައެވެ. ޖެކްލިން ފަނަންޑަޒްވެސް އޭނާގެ މަންޒަރުތައް ޝޫޓް ކޮށްފައިވަނީ އެ ތަނުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމު ތިއޭޓަރު ތަކަށް އަންނާނެ ކަމަށް ބެލެވޭ ތާރީޚަކީ 26 ޖެނުއަރީ 2022އެވެ. މި ފިލްމުގައި ފެނިގެންދާނީ ގޭންގްސްޓާރެއް ކަމަށްވާ ބައްޗަން ޕާންޑޭ އެކްޓަރަކަށް ވެގެން އުޅޭ މަންޒަރެވެ. ކްރިތީ ފެނިގެންދާނީ ޖާނަލިސްޓެއްގެ ރޯލުންނެވެ. އޭނާ މީގައި ފެނިގެންދާނީ ޑިރެކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ މީހެއްގެ ރޯލުންނެވެ.

މީގެ އިތުރުން އަކްޝޭ ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި "ސޫރްޔަވަންޝީ"، "އަތުރަންގީ ރޭ"، "ބެލް ބޮޓޮމް"، "ރަކްޝާ ބަންދަން". އަދި "ރާމް ސޭތޫ" ހިމެނެއެވެ.