މިއަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީއަށް 63 މިލިއަން ރުފިޔާގެ ފައިދާ ވެއްޖެއެވެ.
އެމްޓީސީސީން އާންމުކުރި ކުއާޓަލީ ރިޕޯޓްގައި ވާގޮތުން، މިއަހަރުގެ ދެވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ.
ރިޕޯޓްގައި ބުނެފައިވާގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ކުންފުންޏަށް ލިބުނު އާމްދަނީއަށްވުރެއް މިއަހަރުގެ ދެވަނަ ކުއާޓާރގައި ލިބުނު އާމްދަނީ ދެގުނަ އިތުރުވެފައިވެއެެވެ. އެގޮތުން މިއަހަރު ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި އެމްޓީސީސީއަށް 423 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެމްޓީސީސީއަށް އާމްދަނީ އިތުރުވެފައިވަނީ ބިންހިއްކުމާއި، ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ދަތުރުފަތުރު ކުރުންތައް މަޑު ޖެހުމުން، އެ ދާއިރާއިން އެމްޓީސީސީއަށް ލިބުނު އާމްދަނީވަނީ ދެވަނަ ކުއާޓަރުގައި ދަށްވެފައެވެ.