Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު

ދޫނިރޯގާ ޖެހިގެން 11 އަހަރުގެ ކުއްޖަކު މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގައި 11 އަހަރުގެ ފިރިހެން ކުއްޖަކު ދޫނިރޯގާ ޖެހިގެން މަރުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ދޫނިރޯގާ ޖެހިގެން މަރުވި ކަމަށް ރިޕޯޓް ކުރެވިފައިވާ މި ކުއްޖާގެ ކޭސް ފުރަތަމަ ޑޮކްޓަރާއި ހިސާބަށް ދިޔައީ މި މަހުގެ ކުރީ ކޮޅުގައި ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކުއްޖާ ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގައި އެޑްމިޓް ކުރެވުނީ ޖުލައި 2 ވަނަ ދުވަހުއެވެ. ސަރުކާރުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ފިރިހެން ކުއްޖާ މަރުވެފައިވަނީ ގިނަ އެތެރެހަށީގެ ގުނަވަންތަކެއް ފެއިލްވެގެން އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ކުއްޖާއަށް ފަރުވާދިން ފަރާތްތަކާއި އާއިލާވަނީ އައިސޮލޭޓް ކޮށްފައި ކަމަށާއި ކަމާއިބެހޭ ފަރާތްތަކުން ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ކުއްޖާ ދިރިއުޅެމުންދިޔަ ހަރްޔާނާގައި ޖަނަވާރުންނާއިބެހޭ ޑިޕާޓްމަންޓަށް މިހާތަނަށް ޝައްކު ކުރެވޭ ކޭސްއެއް ފެނިފައިނުވާ ކަމަށާއި އެހެން ނަމަވެސް ރޭންޑަމް ސާމްޕަލްތަކެއް ޖަނަވާރުންގެ ނަގަމުންދާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޮރޯނާ ޕެންޑަމިކުން އަރައިނުގަނެގެން އުޅެނިކޮށް އިންޑިއާއިން އެޗް5އެން1 ވައިރަސް ފެތުރިއްޖެނަމަ އިތުރު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.