Last Updated: July 16, 00:49
Tuesday, July 15, 2025
ޚަބަރު

ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ރޯވެއްޖެ

ފުވައްމުލަކު ސިޓީގެ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު މިސްކިތްމަގު އަވަށު "ލަކީސްޓާ" ގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލަކު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ތެޔޮ ތާހެއް ތެލުލައި ނިންމާފައި ސުތުލި ގޯންޏެއްގެ މަތީގައި ބެހެއްޓުމުން ގޯނީގައި އަލިފާން ރޯވެ ކައިރީގައި ހުރި ހަނޑޫ ބާލިދީއެއްގައި އަލިފާން ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރު 14:35 ހާއިރު އެވެ.