މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 5:23 ގައި އަލިކަލޭގެފާނު މަގުގައި ހުންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ކުރިމަތީގައި ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުން އަންނައިރު، އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.