Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މިއަދު 122 މީހުން ކޮވިޑަށް ޕޮޒިޓިވް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓް ކުރަނީ / ފޮޓޯ: އޭއީއެޗް

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 122 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވީ 24 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 81 މީހެއްގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 17 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،454 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2587 ކަމަށްވާއިރު އޭގެތެރެއިން 11 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލިން 73،637 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 218 މީހަކު ވަނީ ނިޔާވެފައެވެ.