Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މަރަދޫ އިން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް އައްޑޫ އިން ޕޮޒިޓިވް ހަމައެކަނި ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓެކެވެ.

މިއަދު ފެނުނު ޕޮޒިޓިވް ކޭސްއާއެކު މަރަދޫގައި ކޮވިޑްގެ 36 އެކްޓިވް ކޭސް އުޅޭއިރު ހިތަދޫގައި 18 އެކްޓިވް ކޭސް އަދި މަރަދޫފޭދޫގައި ހަތަރު އެކްޓިވް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 58 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ.

އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 494 މީހުން ރަނގަޅުވެފައިވާއިރު، މި ބަލީގައި ދެ މީހަކު ވަނީ އައްޑޫ އިން ނިޔާވެފައެވެ.