Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ފިރިމީހާ ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ޝިލްޕާގެ ބަޔާނެއް

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެއްޓީ އޭނާގެ ފިރިމީހާ ރާޖް ކުންދްރާ ބަރަހަނާ ފިލްމް އުފައްދާ ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފަހުން ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެފިއެވެ.

ޝިލްޕާ އޭނާގެ ޓްވިޓާގައި ހިއްސާ ކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި އޭނާއަަށް އެޅި ކޮންމެ ފިޔަވަޅެއްގައި ކުރިމަތިލާން ޖެހުނު ކަމަށެވެ. ވަރަށް ގިނަ ވާހަކަތައް އޭނާއޭ ކިޔައިގެން ފެތުރު ކަމަށާއި ވަރަށް ގިނަ އިލްޒާމުވެސް އޭނާގެ ބޮލުގައި އަޅުވާފައިވާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

މީޑިއާއާްއި ހެޔޮއެދޭ ކަމަށް ބުނި އެތައް ބަޔަކު އޭނާ ބަދުނާމު ކުރަމުންދިޔަ ކަމަށް ޝިލްޕާ ބުންޏެވެ. އޭނާއާއި އާއިލާއަށް ޖަވާބުދޭން އުނދަގޫވި އެތައް ސުވާލެއް ކުރިމަތި ކުރުވި ކަމަށް ވެސް ޝިލްޕާ ވަނީ ބުނެފައެވެ. ތަހުގީގް ކުރެވެމުންދާ މައްސަލައެއް ކަމަށާއި އެހެން ކަމުން މި މައްސަލައާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކުރާކަށް އޭނާ ބޭނުން ނުވާ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. އަދި އެއީ އޭނާގެ ނިންމުން ކަމަށް ވެސް ބުނެފައިވެއެވެ.

ފަންނާނެއްގެ ހައިސިއްޔަތުން އޭނާ ގަބޫލު ކުރާ ފިލޯސޮފީއަކީ ޝަކުވާ ނުކުރުމާއި، ބުނެ ނުދިނުން ކަމަށް ވެސް ޝިލްޕާގެ ބަޔާނުގައި ބުނެފައިވެއެވެ.

މުމްބާއި ޕޮލިހާއި ޖުޑިޝަރީއަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށާއި އާއިލާގެ ހައިސިއްޔަތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ގާނޫނީ ކަންތަކެއް އޭނާ ދަނީ ފުރިހަމަ ކުރަމުން ކަމަށް ޝިލްޕާގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާޖް ހައްޔަރު ކޮށްފައިވަނީ ބަރަހަނާ ފިލްމު އުފައްދާ އޮންލައިންކޮށް އެފަދަ ފިލްމްތައް ބްރޯޑްކާސްޓް ކުރުމުގެ ތުހުމަތުގައެވެ. މީގެ 6 އަހަރު ކުރިން ރާޖްވަނީ ކްރިކެޓް މެޗްފިކްސިންގ މައްސަލައެއްގައި ވެސް ބަންދު ކޮށްފައެވެ.

45 އަހަރުގެ ރާޖް ހައްޔަރު ކޮށްފައިވާ ކަން ހޯމަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ. ފޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ އަތުގައި ރާޖްއާއި ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށެވެ.