Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ދެން ފެންނާނީ ގޯތި ގެދޮރާއި އަނބިދަރިން ރަހުނު ކުރާ މަންޒަރު: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު -- ފޮޓޯ / ސަން

މިދާވަރުން ދަންޏާ އާންމުންގެ ގޯތި ގެދޮރާއި އަނބިދަރިން ވެސް ރަހުނު ކޮށްފާނެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީޕް މި ފަދައިން ވިދާޅުވީ ވެލާނާގެ އާއި އޮލިމްޕަސް ވެސް ރަހުނު ކުރަނީކަމަށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"މިދާވަރުން ދަންޏާ އާންމުންގެ ގޯތި ގެދޮރާއި އަނބިދަރިން ވެސް ރަހުނު ކޮށްފާނެ! މާލީ އަދި އިޤްތިޞާދީ އެއްވެސް ސިޔާސަތެއް ނެތް ބަޔަކު ވެރިކަމުގައި ތިބެގެން ހަދާ ގޯސްތަކުން ރާއްޖެ މިދަނީ ބަނގުރޫޓް ވަމުން! ޤައުމު ސަލާމަތް ކުރަން ރައްޔިތުން އަތުގުޅާލަންޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

މާލީ އަދި އިޤްތިޞާދީ އެއްވެސް ސިޔާސަތެއް ނެތް ބަޔަކު ވެރިކަމުގައި ތިބެގެން ހަދާ ގޯސްތަކުން ރާއްޖެ މިދަނީ ބަނގުރޫޓް ވަމުން ކަމަށާއި ޤައުމު ސަލާމަތް ކުރަން ރައްޔިތުން އަތުގުޅާލަންޖެހޭ ކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވެލާނާގެ އާއި އޮލިމްޕަސް ރަހުނުކުރުމަށް އެކި މުއައްސަސާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމަށްޓަކައި ކަމާއިގުޅުންހުރި އިދާރާތަކަށް ފިނޭންސް މިނިސްޓްރީއިން ވަނީ ސިޓީފޮނުވާފައި ކަމަށް ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް ސަރުކާރުން މިފަދަ މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.