Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

އޮލިމްޕިކްސް: އޮސްޓްރޭލިއާގެ އެތްލީޓުން ތިބި ކޮޓަރިތަކަށް ގެއްްލުން ދީފި

ޓޯކިއޯ އޮލިމްޕިކްސް 2021ށް ޓޯކިއޯއަށް ދިޔަ އޮސްޓްރޭލިއާގެ ބައެއް އެތްލީޓުން މުބާރާތުން ކަޓައިގެން އެނބުރި ގައުމަށް ދިޔައީ ޓޯކިއޯގައި އޮލިމްޕިކްސް ވިލެޖްގައި އެމީހުން ތިބި ހޮޓެލް ކޯޓަރިތަކަށް ގެއްލުން ދީފައި ކަމަށް އޮފިޝަލުން ބުނެފިއެވެ.

މީގެ އިތުރުން އޮސްޓްރޭލިއާއަށް ދަތުރު ކުރުމަށް ދިޔަ ފްލައިޓް ތެރޭގައި ވެސް އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ބަހުރުވަ ބޭނުންކޮށް އަޑުގަދަ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް މި ކަމާއި ގުޅިގެން އޮސްޓްރޭލިއާ ޓީމްގެ ބޮސް އިއަން ޗެސްޓަމަން ބުނެފައިވަނީ އަޚްލާގީ އެއްވެސް ފިޔަވަޅެއް ޓީމަށް ނާޅާނެ ކަމަށެވެ. ސަބަބަކީ އެމީހުންގެ އަމަލުތަކަށް އެމީހުން މާފަށް އެދުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އިތުރަށް އޭނާ ބުނެފައިވަނީ ލިބިފައިވަނީ ކުޑަ ގެއްލުން ތަކެއް ކަމަށާއި ކާޑްބޯޑުން ހަދާފައިވާ އެނދެއް ބިންދައިގެން ދިޔުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށެވެ.

އެ ޓީމް ތިބި ކޮޓަރީގެ އެނދު ބިންދާލާފައިވާ ކަމަށާއި އޭގެ އިތުރުން ކޮޓަރީގެ ފާރުގައި ވެސް ލޯވަޅު އަޅާފައިވާ ކަމަށް އޮލިމްޕިކްސްގެ އޮފިޝަލުން ވަނީ ބުނެފައެވެ.

އިއަން ބުނެފައިވާ ގޮތުގައި ޒުވާން ޓީމެއް ކަމުން ޒުވާނުންގެ ފަރާތުން އެ ފަދަ އަމަލެއް ފެނުމަކީ އެއީ މައްސަލައެއް ނޫނެވެ. ގޯސް ހަދާ އެއިން އިބުރަތް ލިބިގެން ރަނގަޅު މީހުންނަށް ވެވޭނެއެވެ. އެހެން ކަމުން އެ ޓީމުން އެ ކުރި ކަންތަކަކީ އޭނާ ދެކޭ ގޮތުގައި ޒުވާން ޓީމެއް ކަމަށްވީމަ ވީ ކަމެކެވެ.

އޮސްޓްރޭލިއާގެ ރަގްބީ ޓީމުން ފްލައިޓް މަތީގައި ދެއްކީ ވަރަށް އަޚްލާގީ ގޮތުން ދަށް އަމަލުތަކެއް ކަމަށާއި އެހެން ނަމަވެސ ރަސްމީ ގޮތެއްގައި އެއާލައިންއިން އެމައްސަލަ އޮލިމްޕިކްސް ކޮމިޓީއަށް ހުށަހަޅާފައި ނުވާކަމަށް

އޮސްޓްރޭލިއާގެ ރްގްބީ ޓީމް ވަނީ ކުއާޓާ ފައިނަލުން ފިޖީ ޓީމާއި ބައްދަލުކޮށް ބަލިވެގެން މުބާރާތަށް އަލްވަދާއު ކިޔާފައެވެ. އަދި ފިރިހެން ފުޓްބޯޅަ ޓީމް ވަނީ ގްރޫޕް ސްޓޭޖުން މުބާރާތާއި ވަކިވެފައެވެ.