Last Updated: April 19, 17:49
Friday, April 19, 2024
ޚަބަރު

ނިއުޔޯކްގެ ގަވަރުނަރު ކޫމޫއަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު

ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކިއުމޯ ގިނަ އަންހެނުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތަހުގީގީ ރިޕޯޓުން ދައްކައިފިއެވެ.

2020 ވަނަ އަހަރު އެންޑްރޫގެ މައްޗަށް އޭނާގެ މުވައްޒަފުން ވެސް ހިމެނޭ ގޮތަށް އެތައް އަންހެނަކު ވަނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލަ ހުށަހަޅާފައެވެ. މަސް ދުވަހަށް ދިގުދެމިގެންދިޔަ ތަހުގީގް ރިޕޯޓް މިހާރު ނެރެފައިވާ އިރު އެ ރިޕޯޓުގައިވާ ގޮތުން 200ށްވުރެ ގިނަ މީހުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ ތަހުގީގުން ވަނީ އޭނާ އެކިގޮތްގޮތަށް އަންހެނުންނަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަން ސާބިތުވެފައެވެ.

އެންޑްރޫ ވަނީ އޭނާ އެފަދަ އެއްވެސް އަމަލެއް ނުހިންގާ ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެވެ. އެހެން ނަމަވެސް ތަހުގީގީ ރިޕޯޓްގައިވާ ގޮތުން އެންޑްރޫ ވަނީ އަންހެނުންގެ ގަޔަށް އެމީހުންގެ އިޒުނަނެތި އަތްލާފައެވެ. އަދި މީގެ އިތުުރުން އުނދަގޫވާ ފަދަ ބޭއަދަބީ ކޮމެންޓްތައް އެމީހުންނަށް ކުރި ކަމަށް ވެސް ވަނީ ބުނެފައެވެ.'

އޭނާގެ ބޭނުންތަކަށް ނޫނެކޭ ބުނުމުގެ ސަބަބުން އެންޑްރޫ އޭނާގެ އަންހެން މުވައްޒިފުން ތަކެއް ވަޒީފާއިން ވަކި ކުރިކަމަށް ވެސް އެ މިނިވަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް ތަހުގީގީ ރިޕޯޓުގައި ބުނެފައިވެއެވެ.