Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

ވަޓްސްއެޕުން "ވިއު ވަންސް" ފީޗަރ ލޯންޗްކޮށްފި

ވަޓްސްއެޕުން "ވިއު ވަންސް" ފީޗަރ ލޯންޗްކޮށްފިއެވެ.

"ވިއު ވަންސް" ފީޗަރ ހުރުމުން ފޮޓޯއާއި ވީޑިއޯތައް މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތުން އެއް ފަހަރު ބަލާލެވޭ އިރަށް ފޯނަށް ސޭވް ނުވެ ގެއްލިގެންދާނެއެވެ. ވަޓްސްއެޕުން ބުނެފައިވަނީ މި ފީޗަރ ގެނެވުނީ މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ކޮންޓްރޯލް އިތުރަށް އެމީހުންނަށް ދިނުމުގެ ގޮތުން ކަމަށެވެ.

މިކަން މިހެން އޮތް ނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ މީގެ ސަބަބުން ކުދިންނަށް ކުރެވޭ ޖިންސީ ފުރައްސާރަ ފަދަ ކަންތައް ފޮރުވުމަށް މިއެޕްލިކޭޝަންގެ ސަބަބުން އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބުނެފައެވެ.

ދަ ޗެރިޓީގެ ސީނިއަރ އޮންލައިން ސޭފްޓީ އޮފިސަރު އެލިސަން ޓްރޫ ބުނެފައިވާ ގޮތުގައި މި ފީޗަރގެ ސަބަބުން އޮންލައިންކޮށް ކުޑަކުދިންނަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ހެކިތައް ނެތިގެންދާނެއެވެ. މި ފީޗަރ ބޭނުން ކުރުމުން ފޮނުވޭ މެސެޖްތަކާއި ލިބޭ މެސެޖް ފަދަ ތަކެތި ފެންނާނީ ހަމައެކަނި ފޮނުވާ އަދި ލިބޭ މީހާއަށެވެ. އެ ގޮތުން ފުހެވުމަށްފަހު އަލުން އެ މެސެޖްތައް ފުލުހުންނަށް ވެސް ނުފެންނާނެ ކަމަށް ވަޓްސްއެޕުން ބުނުމާއި ގުޅިގެން މިއީ ވަރަށް ކުޑަކުދިންގެ ކަންތައް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ވެދާނެ ކަމަށް އެލިސަން ވަނީ ބުނެފައެވެ.

މި ފީޗަރގެ ސަބަބުން ސިއްރުތައް ހިފެހެއްޓޭނެ ކަމަށް އުއްމީދުކޮށް ފޮޓޯއާއި ފޮޓޯ ނުފޮނުވަންޖެހޭ ފަދަ ހާލަތްތަކުގައި ގޮތް ނޭނގޭ މީހުންނަށް ފޮނުވުމަކީ ހަމަ ހެދޭ ބޮޑު ގޯހަކަށް ވާނެކަން ޔަގީނެވެ. ސްނެޕް ޗެޓުން ވެސް މި ފީޗަރ ބޭނުން ކުރާތީ ސިއްރު ކުރެވޭނެ ކަމަށް ބަލާ ރާއްޖޭގައި ވެސް އަންހެން ކުދިންތައް ފޮނުވާފައިހުރި އެތައް ބަރަހަނާ ވީޑިއޯތައް ވީޑިއޯ ޖައްސާއިރު އެހެން ފޯނެއްގެ އެހީގައި ރެކޯޑްކޮށް ޕޭޖްތަކަށް އަޅާފައިވާ މަންޒަރު ގިނަ ބަޔަކު ވަނީ ދެކިފައެވެ. އެހެން ކަމުން މިތިބަ ކަންތަކަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.ކިތަންމެ އިތުބާރު ކުރެވުނަސް އަމިއްލަ ފޮޓޯއެއް މީހަކަށް ނުފޮނުވުން ބުއްދިވެރިއެވެ.