Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ރާއްޖޭގެ ހަތް ފުލުހަކު އައިޕީއެސް ތަމްރީނު ފުރިހަމަކޮށްފި

ފޮޓޯ: ޕޮލިސް ލައިފް

އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިން(އައިޕީއެސް)ގެ 71 އަދި 72 ވަނަ ޓްރެއިނިންގ ކޯހުން ރައްޖޭގެ ހަތް ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ.

އައިޕީއެސް ޓްރެއިނިންއަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ތަހުގީގު ކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާ އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ. 1998ވަނަ އަހަރުން ފެށިގެން މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ދަނީ ލިބެމުންނެވެ.

އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބާއްވާފައިވަނީ އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައެވެ. ކޯސްނިންމި ހަތް ފުލުހުންގެ ތެރެއިން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނާޒިމްވަނީ ޓްރޮފީ ފޮރ އަންއާމްޑް ކޮމްބެޓް އަދި ރޮކް ކްލައިމްބިންގ އިން ވަނަ ހޯދައި ޓްރޮފީ ހާސިލުކޮށްފައެވެ.

މި ހަތް ފުލުހުންނަކީ ވެސް މިހާތަނަށް ފޭސް 2 ފުރިހަމަ ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދެ ބެޗުގެ ދިވެހި ދަރިވަރުން ކަން ފާހަގަ ކުރެވެއެވެ.

މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްވެސް ވަނީ 2004 ވަނަ އަހަރު މި ތަމްރީނު ފުރިހަމަކޮަށްފައެވެ. މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ސަފުގައި ތިބި ވަރަށް ގިނަ ފުލުހުންވެސްވަނި މި ތަމްރީނު ހަދާފައި ކަމަށް މައުލޫމާތު ލިބެއެވެ.

އައިޕީއެސް ޓްރެއިނިންގެ 73 ވަނަ ބެޗުގައި މިހާރުވެސް ހަތަރު ފުލުހަކު ތަމްރީނު ހަދަމުންދާ ކަމަށް ޕޮލިސް ސާވިސް ވަނީ ބުނެފައެވެ. އަދި މި އަހަރު އިތުރު ފުލުހުން ފޮނުވުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.