Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ވެކްސިން ޖެހި އިންގްލޭންޑްގެ އެތައް ސަތޭކަ ބަޔަކު ކޮވިޑް ޖެހި އެޑްމިޓް ކޮށްފި

ވެކްސިން ފުރިހަމަ ކޮށްފައިތިބި އިންގްލޭންޑްގެ އެތައް ސަތޭކަ މީހުންނަށް ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ޖެހި ހާލު ދެރަވެގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އިންގްލޭންޑްގެ ޕަބްލިކް ހެލްތުން ވަނީ ވެކްސިން ޖަހާފައި ތިއްބަސް ނުޖަހާ މީހުންނެކޭ އެއްގޮތަށް ޑެލްޓާ ވޭރިއަންޓް ވެކްސިން ޖަހާފައިވާ މީހުންގެ ތެރޭގައި ވެސް ފެތުރިގެންދާނެ ކަމަށެވެ. އެހެން ކަމުން ވެކްސިން ޖަހާފައި ތިބި މީހުންނަށް ވެސް މި ވޭރިއަންޓްގެ ނުރައްކާތެރިކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޖުލައި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 2 ވަނަ ދުވަހުގެ ނިޔަލަށް 1467 ޑެލްޓާ ވޭރިއަންޓް ޖެހިގެން އެޑްމިޓް ކުރެވުނު މީހުންގެ 55.1 ފަސެންޓް މީހުންނަކީ ވެކްސިން ނުޖަހާ މީހުންނެވެ. އަދި އޭގެ ތެރެއިން 512 މީހުންގެ 34.9 ފަސެންޓް މީހުންނަކީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނެވެ.

ޔޫކޭގެ އާބާދީގެ 75 ޕަސެންޓް މީހުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައެވެ.

ޑެލްޓާ ވޭރިއަންޓަކީ ކޮވިޑްގެ މިހާތަނަށް ފެނުނު އެންމެ ފަސޭހައިން ފެތުރޭ ވޭރިއަންޓެވެ. އެ ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާއިންނެވެ. ވެކްސިން ޖަހާފައި ތިއްބަސް މާސްކް އަޅާ ގައިދުރުކަމަށް ސަމާލުކަން ދިނުމަކީ މި ބައްޔަށް މީހާ ފަސޭހައިން ހުށަހެޅުމަށް އެޅޭނެ ހުރަކަށް ވާނެކަން ޔަގީނެވެ.