Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑު ކުރީ ޓިކްޓޮކް

2020 ވަނަ އަހަރު އެންމެ ގިނައިން ޑައުންލޯޑް ކުރި އެޕްލިކޭޝަންްގެ މަގާމް ޓިކްޓޮކަށް ލިބިއްޖެއެވެ.

ޗައިނާގެ ވީޑިއޯ ޝެއަރ ކުރާ މި އެޕްލިކޭޝަން ވެފައިވަނީ މި ގޮތަށް ހޮވާލެވުނު ދުނިޔޭގެ 5 އެޕްލިކޭޝަންގެ ތެރެއިން ފޭސްބުކްގެ އަމިއްލަ ނޫން ހަމައެކަނި އެޕްލިކޭޝަނަށެވެ.

ޓިކްޓޮކްގެ ވެރިޔާ ބައިޓްޑާންސް ވެފައިވަނީ އޭނާގެ ގައުމު ކަމަށްވާ ޗައިނާގައި އެ ގައުމުގެ ބަހުން އުފައްދާފައިވާ އެންމެ ކުރީގައި އުޅޭ އެޕްލިކޭޝަން ދައުޔިންގެ ވެސް ވެރިޔާ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލް ޓްރަމްޕް ޓިކްޓޮކް އެ ގައުމުގައި ބަންދު ކުރުމަށް މަސައްކަތް ކުރުމުގެ ފަހުން ވެސް އެ ގައުމުގައި ވެސް ޓިކްޓޮކް ވަނީ ވަރަށް މަޝްހޫރުކަން ހޯދާފައެވެ.

ފޭސްބުކްގެ އެޕްލިކޭޝަންތައް ވަނީ 2018 ވަނަ އަހަރުން ފެށިގެން ޗާޓްތަކުގެ އެންމެ ކުރިން ޖާގަ ހޯދާފައެވެ. ނަމަވެސް މި ފަހަރު އެ އެޕްލިކޭޝަންތައް ވައްޓާލުމަށްފަހު ޓިކްޓޮކް މި ވަނީ ކުރި ހޯދާފައެވެ.

މި ޗާޓުން ދެން ގަދަ 5 ވަނަައިގާ ހޮވިފައިވަނީ ފޭސްބުކަށް ނިސްބަތްވާ އެޕްލިކޭޝަން ތަކެވެ. އަދި މީގެ އިތުރުން ވަޓްސްއެޕް، އިންސްޓަގްރާމް އަދި މެސެންޖާ ވެސް ވަނީ މި ޗާޓުން ފެނިފައެވެ.