Last Updated: April 20, 08:46
Saturday, April 20, 2024
ވިޔަފާރި

ކުނި ނެގުމުގެ އުސޫލަށް ބަދަލެއް ނުގެންނަން: ވެމްކޯ

ވެމްކޯގެ މުވައްޒަފުން މަސައްކަތުގައި - ފޮޓޯ: ޕީއެސްއެމް

މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނެގުމަށް އަމަލު ކުރަމުންދާ އުސޫލަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯ އިން މިހެން ބުނެފައިމިވަނީ ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް ގޭގެއަށް ވަދެ ކުނި ނަގަން މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ވެމްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސް މަޖައްލާތަކުގައި ދައުރުވަމުންދާ އެ ކުންފުނީގެ ކުނި ނެގުމުގެ އުސޫލަށް ބަދަލުގެނެވިފައިވާ ވާހަކައަކީ ސައްހަ ވާހަކައެއް ނޫންކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގެ އާންމު ހާލަތު ރަނގަޅުވަމުން ދިޔުމާއި ގުޅިގެން މިކަމަށް ރިޢާޔަތްކޮށް ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލުގެނައުމަށް އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ފަހު އެކަން އިއުލާނު ކުރާނެ ކަމަށް ވެމްކޯ އިން ބުނެއެވެ.