Last Updated: April 20, 18:41
Saturday, April 20, 2024
ވިޔަފާރި

ފުޓްބޯޅައިގެ ފޯރީގައި ކޮކާ ކޯލާ އިން ހާއްސަ ޕްރޮމޯޝަނެއް

ޓީވީ އާއި ސްމާޓްފޯނާއި އެ ނޫންވެސް އަގުހުރި އެތައް އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އަށް ލޯބިކުރާ ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ އިން ފަށައިފިއެވެ.

"ކޯކް، ފުޑް އެންޑް ފުޓްބޯލް" ގެ ނަމުގައި ހިންގާ ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.

ކޮކާ ކޯލާ އިން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 3000 އެމްއެލް، 500 އެމްއެލް، 1.25 ލީޓަރު އަދި ދެ ލީޓަރުގެ ކޯކުފުޅި ގަނެގެން ކަމަށެވެ. އެގޮތުން ޕްރޮމޯޝަނަށް ހާއްސަކޮށް ބާޒާރަށް ނެރެފައިވާ ރަން ކުލައިގެ މަތިޖެހި ކޯކު ފުޅި މަތިގަނޑުގެ އެތެރޭގައި އިންނަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށާއި އިނާމު ބަލާ ދާއިރު ގުރުއަތުން ހޮވޭ ކޯޑު ހިމެނޭ މަތިގަނޑު ގެންދަންވާނެ ކަމަށްވެސް ބުނެއެވެ.

މި ޕްރޮމޯޝަނުގައި ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި 20 ސްމާޓްފޯނު، 50 އިންޗީގެ 25 ޓީވީ، ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު (މިއީ ކޮންމެ ދުވަހަކު ދޭ އިނާމެއް) އަދި ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް ހިމެނެއެވެ.

މި ޕްރޮމޯޝަނާއި ގުޅޭގޮތުން ކޮކާ-ކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވީ ކޮކާ-ކޯލާ އާއި ފުޓްބޯޅަ ވަނީ ގުޅިލާމެހިފައި ކަމަށާއި ކޯކުގެ ރަހައިން ކާތަކެތި އިތުރަށް ފުރިހަމަކޮށްލައި އަދި އަގުހުރި އިނާމުތަކެއް ހޯދޭނެ މި ޕްރޮމޯޝަން ފެށުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

އަދި ދިވެހިންނަނީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ ބަޔަކަށް ވާއިރު، މި ފޯރީގައި ކޮކާ-ކޯލާ އިން ބައިވެރިވުމުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ކަމަށްވެސް ސިންހަ ވިދާޅުވިއެވެ.