Last Updated: April 24, 18:14
Wednesday, April 24, 2024
ވިޔަފާރި

ނޭކުރެންދޫގައި ސޯލާ ޕެނަލް ހަރުކުރަނީ

ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވޮލޮޕްމެންޓު (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ހދ.ނޭކުރެންދޫގައި ސޯލާ ޕީވީ ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އޭޝިއަން ޑިޕޮވޮލޮޕްމެންޓު ބޭންކްގެ އެހީއާއެކު ހިންގާ ޕޮއިސްޓު ޕްރޮޖެކްޓަކީ ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓު ކްލައިމެޓް ޗޭންޖްއެންޑް ޓެކްނޮލޮޖީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 3.5 މެގަވޯޓްގެ ސޯލާ ޕީވީ ހަރުކުރެވޭނެއެވެ. އަދި ނޭކުރެންދޫގައި ހިންގާ މިޕްރޮޖެކްޓުގެ ދަށުން 116 ކިލޯ ވޯޓްގެ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ފެނަކަ އިން ބުނާގޮތުން މި ޕްރޮޖެކްޓު ނިމުމުން އެ ކުންފުނިން ތެލަށް ކުރާ ހަރަދުން އަހަރަކު 11 މިލިއަން ރުފިޔާ ސަލާމަތް ވާނެ އެވެ. އަދި ޖައްވަށް ބޭރު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަންޑައިއޮކްސައިޑްގެ މިންވަރު އަހަރަކު 4 ޓަނަށް މަދުވާނެ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.

ފެނަކައިގެ އަމާޒަކީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް 70 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.