Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

މިއަހަރުގެ މިހާތަނަށް ހަތް ލައްކަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް ވަނީ 700،594 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މި މަހުގެ މިހާތަނަށް ރާއްޖެ އަށް 88،227 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އޭޕްރީލް މަހު ވަނީ 91،200 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި މޭ މަހު 64،613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު 56،166 ފަތުރުވެރިން އަދި މިދިޔަ މަހު ވަނީ 101،818 ފަތުރުވެރިން އައިސްފައެވެ.

އިއްޔެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 22 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިންޑިއާ އިން ހިއްސާކުރަނީ 18.9 އިންސައްތައެވެ.

އަދި އިއްޔެގެ ނިޔަލަށް ރާއްޖޭގެ 163 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 38،554 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 727 ހޮޓަލަކާއި ގެސްޓްހައުސް އެއް 160 ސަފާރީއެއްގައި 2986 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.