Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ގޫގުލް ޕިކްސެލް 5 ވިއްކުން ހުއްޓާލައިފި

ގޫގުލްގެ ޕިކްސެލް ސީރީސްގެ އާ ފޯނެއް މާކެޓައް ނެރުމައްޓަކައި ކުރީގެ ފިކްސެލް 4އޭ 5ޖި އާއި ޕިކްސެލް 5 ނެރުން ހުއްޓާލައިފިއެވެ.

ގޫގުލްއިން މިގޮތަށް ޕިކްސެލް 4އޭ 5ޖީ އާއި ޕިކްސެލް 5 ނެރުން ހުއްޓާލި ސަބަބެއް ކަމަށް ގިނަ މީހުން ގަބޫލުކުރަނީ ގޫގުލް އިން ނެރުމަށް ނިންމާފައިވާ އާ ފޯނު ޕިކްސެލް 6ގެ ފީޗާސް ތައް އެއްގޮތް ވުމުންނެވެ.

ގޫގުލް ޕިކްސެލް 4އޭ އާއި ޕިކްސެލް 5 ނެރުން ހުއްޓާލި ނަމަވެސް މާކެޓުގައި މިހާރު ތިބި ސްޓޮކް ހުސްވަންދެން ވިއްކަމުން ދާނެ ކަމަށް ބައެއް ޕާޓްނަރުން ބުނެއެެވެ.

ގޫގުލް ފިކްސެލް 5 މާކެޓަށް ނެރެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު 15 ވަނަ ދުވަހު އެވެ. އަދި ޕިކްސެލް 6 ކުންމާނެ ތާރީހެއް ގޫގުލް އިން ބުނެފައެއް ނުވެއެވެ.