Last Updated: April 26, 15:02
Friday, April 26, 2024
ވިޔަފާރި

އިންޑިއާ އިން 3500 ޓަނުގެ މުދާ އައްޑޫ އަށް

އައްޑޫ އަދި ހުވަދޫއަށް އިންޑިއާގެ ޓުޓިކޮރިން އިން ކާގޯ ގެންނަ އެސްޓިއޯގެ ބޮންތި2 ބޯޓު، ފޮޓޯ: ޕީއެސްއެމް

އިންޑިއާގެ ޓުޓުކޮރިން އިން އައްޑޫ ސިޓީއާ ދެމެދު ފަށާފައިވާ ކާގޯ ފެރީގައި 3500 ޓަނުގެ މުދާ އައްޑޫ އަށް ގެނެސްފިއެވެ.

ހިތަދޫ ޕޯޓު ލިމިޓެޑުން ބުނީ 3587.3 ޓަނުގެ މުދާ މިދިޔަ ހޯމަ ދުވަހު އައްޑޫއަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އައްޑޫ އަށް ގެނައި މުދަލުގެ ތެރޭގައި ކާބޯތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނު ހިމެނެއެވެ. މީގެ ތެރޭގައި ފިނި ކުރި މުދަލުގެ ގޮތުގައި 5524 ކިލޯގެ މުދާ ގެނެސްފައިވެއެވެ.

މި ދަތުރުގައި އައްޑޫ އަށް ގެނައި ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ބިސް، ފިޔާ، އަލުވި، ކެބެޖް، ޓޮމާޓޯ، ކަރާ އަދި ދޮންކެޔޮ ވެސް ހިމެނެއެވެ.

އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އާއި ދެމެދު ކޮންމެ 20 ދުވަހަކުން ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.

އިންޑިއާގެ ޓުޓުކޮރިން އާއި އައްޑޫއާ ދެމެދު ކާގޯ އުފުލަށް ބޭނުން ކުރަމުން އަންނަނީ 3700 މެޓްރިކް ޓަނުގެ "ބޮންތި 2" ބޯޓެވެ.