Last Updated: September 28, 15:53
Tuesday, September 28, 2021
ވިޔަފާރި

ޔޫކޭގެ ރެޑް ލިސްޓުން މިފަހަރުވެސް ރާއްޖެ ނުނެގި

އެއް ލައްކަ ވަނަ ފަތުރުވެރިޔާ - ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިނގިރޭސިވިލާތުގެ ޓްރެވަލް ރެޑް ލިސްޓުގައި ރާއްޖެ ބާއްވަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިދިޔަ މޭ މަހު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ އެގައުމުގެ ރެޑް ލިސްޓަށް ރާއްޖެ އަރުވާފައެވެ. އެ ލިސްޓަށް އަރުވާފައިވާ ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާ އެންމެވެސް 10 ދުވަހަށް ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ.

ރެޑް ލިސްޓުގައި ހިމެނޭ ގައުމުތައް ރިވިއު ކުރުމަށްފަހު އެ ލިސްޓުން ރާއްޖެ އުނިކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ރިވިއު ކުރުމަށްފަހު މިރޭ ނެރުނުއިރު ވެސް ރާއްޖެ އޮތީ ރެޑް ލިސްޓުގައެވެ. ރެޑް ލިސްޓުގައި ރާއްޖެ ބޭއްވިއިރު، ކެނެޑާ އާއި ޑެންމާކް، ފިންލޭންޑް، ލިތުއޭނިއާ އަދި ސްވިޒަލޭންޑް ފަދަ ގައުމުތައް ގްރީން ލިސްޓަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

އަދި އިނގިރޭސި ސަރުކާރުން ވަނީ މޮންޓެނީގްރޯ އާއި ފިންލޭންޑް ރެޑް ލިސްޓަށް ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އަށް ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.