Last Updated: September 28, 15:53
Tuesday, September 28, 2021
ވިޔަފާރި

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ އޮފާއެއް!

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު 50 އިންސައްތަ ޖީބީ

އުރީދޫގެ ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޚާއްސަ އޮފާއެއް އެކުންފުނިން ތަޢާރަފް ކޮށްފިއެވެ.

އުރީދޫއިން ތަޢާރަފް ކޮށްފައިވާ މި އޮފަރގައި ފަސޭހަ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުން ކުރައްވާ ކޮންމެ ރީޗަރޖަކާއެކު އިތުރު 50 ޖީބީ މުޅިން ހިލޭ ލިބިގެންދެއެވެ. އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި އޮފަރ ފަސޭހަ ހޯމް ބްރޯޑްބޭންޑް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ.

އުރީދޫއިން ބުނީ މިއޮފާ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށެވެ. އަދި މިއީ އުރީދޫގެ ގިނަ ކަސްޓަމަރުންނަށް ފައިދާހުރި އޮފާއެއްކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއަކީ ދިވެހިރާއްޖޭގައި އިންޓަރނެޓާއި މޯބައިލްގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތްތައް ފުރިހަމަކޮށް ތަރައްޤީކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.