Last Updated: September 28, 15:53
Tuesday, September 28, 2021
ކުޅިވަރު

ކޮވިޑުގެ ކޭހަކާ ގުޅިގެން ހިތަދޫ ޔޫތު ސެންޓަރު ބަންދުކޮށްފި

ހިތަދޫ ޔޫތް ސެންޓަރު.

ހިތަދޫ އިޖުތިމާޢީ މަރުަކަޒުގެ މުވައްޒަފަކު ކޮވިޑް-19އަށް ފައްސިވެގެން އެތަނުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އިޖުތިމާޢީ މަރުކަޒުން އިޢުލާންކޮށްފައިވާ ގޮތުން އެ މަރުކަޒުގެ މުވައްޒަފަކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވުމުގެ ސަބަބުން 14 ދުވަހަށް އެތަނުގެ ޚިދުމަތް މެދުކަނޑާލަން ވަނީ ނިންމާފައެވެ.

އެގޮތުން 31 އޮގަސްޓުން ފެށިގެން 14 ދުވަހުގެ މުހުލަތަކަށް އެތަނުގެ ޚިދުމަތް އާންމުންނަށާއި އެހެން އެއްވެސް ފަރާތަކަށް ލިބިގެންނުދާނެކަމަށް އެމަރުކަޒުން ވަނީ ހާމަކޮށްފައެވެ.

އައްޑޫ ސިޓީގައި ކޮވިޑުގެ ޙާލަތު ދުވަހުން ދުވަހަކަށް ގޯސްވަމުން އަންނައިރު، އައްޑޫގެ ގުޅިފައިވާ ރަށްތައް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އަދި މި ބަލީގައި އައްޑޫއިން އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.