އުރީދޫ މޯލްޑިވްސްއިން ތިން ގުނަ އިތުރު ޑޭޓާ އެލަވަންސް އާއިއެކު އާޗާ ޕްރީޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް ޚާއްޞަ އޮފަރއެއް މިއަދު ތައާރަފްކޮށްފިއެވެ.
އުރީދޫން ބުނީ މި އޮފަރ މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް 180 ޖީބީ އާއި ހަމައަށް ޑޭޓާ އާއިއެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށެވެ. އަދި އާޗާ ޕްރިޕެއިޑް ޕްލޭންސް، މާކެޓްގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް އެންމެ ގިނަ ފައިދާތައް ލިބޭ ޕްލޭންތައް މި އޮފަރ އާއި އެކު އިތުރަށް ފުރިހަމަ ވެފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އާޗާ ޕްރިޕެއިޑް ޕްލޭންސްއިން ލިބޭ ބޯނަސް އެލަވަންސް:
– އާޗާ 1ޖީބީ/ޑޭ ވީކްލީ ޕެކް (150 ރުފިޔާ އަށް): 3 ޖީބީ (ދުވާލަކު 1 ޖީބީ + 1 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 1 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް. 7 ދުވަހަށް ބޭނުން ކުރެވޭނެ.
– އާޗާ 1ޖީބީ/ޑޭ މަންތްލީ ޕެކް (500 ރުފިޔާ އަށް):3 ޖީބީ (ދުވާލަކު 1 ޖީބީ + 1 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 1 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް. 30 ދުވަހަށް ބޭނުން ކުރެވޭނެ.
– އާޗާ 2ޖީބީ/ޑޭ މަންތްލީ ޕެކް (750 ރުފިޔާ އަށް) 6 ޖީބީ (ދުވާލަކު 2 ޖީބީ + 2 ޖީބީ ރެގިއުލަ ބޯނަސް ޑޭޓާ + ސޯޝަލް މީޑިއާ އަދި ސްޓްރީމިންގްއަށް 2 ޖީބީ ބޯނަސް ޑޭޓާ) އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް. 30 ދުވަަހަށް ބޭނުން ކުރެވޭނެ.
އުރީދޫން ބުނީ މިއަދު ލޯންޗްކުރެވުނު އާޗާ ޕްރިޕެއިޑްގެ ޙާއްސަ އޮފަރ ފަރުމާ ކުރެވިފައިވަނީ ކަސްޓަމަރުން ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާ އާއި ރައްޓެހިންނާ ގުޅުވައިލަދީ އަދި ސްޓްރީމިންގް ޕްލެޓްފޯރމްތައް މެދުވެރިކޮށް ފިލްމް އަދި ސީރީޒްތައްވެސް އިތުރު ހާސްކަމެއްނެތި ބަލާލެވޭ ގޮތަށް ކަމަށެވެ.
އާޗާ ޕްރީޕެއިޑް ނަގާ ފަރާތްތަކަށް ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލަރ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިންގް އެޕްތަކަށް ޚާއްޞަކޮށް ބަހާލެވިފައެވެ. ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް އެޕްތަކުގެ ތެރޭގައި ނެޓްފްލިކްސް، އައިފްލިކްސް، ސޮނީލިވް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސްނެޕްޗެޓް، ޓްވިޓަރ، އިންސްޓަގްރާމް، ވީޗެޓް، ވަޓްސްއަޕް، ވައިބަރ، ޓެލަގްރާމް، ފޭސްބުކްގެ އިތުރުން ޕިންޓަރެސްޓް ހިމެނެއެވެ.