Last Updated: April 19, 18:16
Friday, April 19, 2024
ދުނިޔެ

ހުޅަނގުން ޠާލިބާން ސަރުކާރު ބަލައިގަންނަން ދެކޮޅު

ޠާލިބާން ހަނގުރާމަވެރިން އެމެރިކާ ސިފައިންގެ ހެދުމުގައި

ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުގެ ބާރު ހޯދާފައިވާ ޠާލިބާނުން ސަރުކާރެއް އުފެއްދިޔަސް އެ ސަރުކާރު ބަލައިނުގަންނާނެ ކަމަށް ބުނެފިއެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި 20 އަހަރުވަންދެން ކުރަމުން އައި ހަނގުރާމަ ނިމި، ޠާލިބާނުންގެ އަތް ދަށަށް އަފްޣާނިސްތާނު ދިއުމުން ހުޅަނގުގެ ހުރިހާ ސިފައިންވަނީ އެގައުމު ދޫކޮށް މިދިޔަ މަހުގެ ތެރޭގައި ވަނީ ގޮސްފައެވެ.

ޔޫރަޕުގެ އިއްތިޙާދާއި، އިނގިރޭސިވިލާތުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުތަކުގެ ސަރުކާރުން އަފްޣާނުގައި ޠާލިބާނުންގެ ވެރިކަމެއް ބަލައިނުގަންނާނެއެވެ. އަދި އެމެރިކާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުންވެސް އަފްޣާނުގެ ޠާލިބާން ސަރުކާރެއް ޤަބޫލެއް ނުކުރާނެއެވެ. މީގެ އިތުރުން އީޔޫއިން ބުނީ އެ އިއްތިހާދުން ނަގާ ކޮންމެ ފައިސަލާއެއް ނަގާނީ އަފްޣާން ރައްޔިތުންގެ އާންމު މަޞްލަހަތަށް ބަލާފައިކަމަށާއި، ހަރުކަށި އުސޫލުތަކެއް އެކުލެވޭ ނިޒާމެއްގެ ދަށުން ކަމަށެވެ.

ޠާލިބާން ހަނގުރާމަވެރިން މުޅި އަފްޣާނިސްތާން އެއްކޮށް އެ ގްރޫޕުގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، އެގައުމުގެ ޕަންޝީރު ވާދީގެ ހަނގުރާމަވެރިން އަންނަނީ ޠާލިބާނާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ވަނީ ހަނގުރާމައިގެ މައިދާނަކަށް ޕަންޝީރު ވާދީ ބަދަލުނުކޮށް، ވާހަކަދައްކައިގެން މައްސަލަ ޙައްލުކުރުމަށް ގޮވާލައްވާފައެވެ.

އަފްޣާނިސްތާނުގައި ތިބި އިނގިރޭސި ރައްޔިތުންނާއި، މަދަދަށް އެދެމުން އަންނަ އަފްޣާން ރައްޔިތުން އެގައުމުން ނެރެ، ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށްޓަކައި މަޝްވަރާކުރަން އިނގިރޭސި ޚާރިޖީ ވަޒީރު މިވަގުތު ހުންނެވީ ޕާކިސްތާނުގައެވެ.