Last Updated: June 23, 13:44
Monday, June 23, 2025
ޚަބަރު

ހިތަދޫގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސ. ހިތަދޫ.

އައްޑޫ ސިޓީ ހިތަދޫގެ ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.

ހިތަދޫ ފެނަކަ އޮފީހުން ބުނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިތަދޫ އުތުރުގެ ބަޔަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އަދި މިކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، މަސައްކަތް ނިންމާލުމަށް ހަތަރު ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.

ފެނަކައިން ވަނީ މިކަމަށްޓަކާ ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ މައާފަށް އެދިފައެވެ.