Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

އެމްޑީޕީ އިންތިހާބު: ވޯޓަކާ ނުލާ 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ހޮވިއްޖެ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ރާއްޖެއެމްވީ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވޯޓަކާ ނުލާ 100 އަށް ވުރެ ކެންޑިޑޭޓުން ހޮވިއްޖެ އެވެ.

އެމްޑީޕީން މިއަދު ވަނީ އެ އިންތިހާބުގައި އެންމެ ކެންޑިޑޭޓެއް ކުރިމަތިލުމުން އިންތިހާބަކާއި ނުލައި ހޮވުނު ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައެވެ. އެގޮތުން އިންތިހާބަކާ ނުލާ 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. މި އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ. ޖުމްލަ 455 މަގާމަކަށް މީހުން އައްޔަނުކުރާއިރު 700 އަށް ވުރެ ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.

މި އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 900 މީހުން ހަރަކާތްތެރިވާއިރު 300 ވޯޓު ފޮށި ބަހައްޓާނެއެވެ.