Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 83،000 އަށް

ރާއްޖެއިން އިތުރު 120 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 66 ކޭސް އަދި ރިސޯޓުތަކުން ހަ ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83،070 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1881 ކޭސް އެވެ. މި ބަލިން 80،949 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 18 މީހަކަށެވެ. މި ބަލީގައި 227 މީހަކު ވަނީ ނިޔާވެފައެވެ.