އައްޑޫ ސިޓީން އިތުރު 11 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު ހޮސްޕިޓަލުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 11 ކޭސްގެ ތެރެއިން 8 ކޭސް ފެނިފައިވަނީ މަރަދޫ އިން ކަމަށާއި ދެ ކޭސް ހިތަދޫން ފެނިފައިވާއިރު އަނެއް ކޭސް ފެނިފައިވަނީ ފޭދޫ އިން ކަމަށެވެ.
މީގެތެރޭގައި ހިމެނެނީ 9 ޑައިރެކްޓް ކޮންޓެކްޓުންނާއި، ދެ ރެންޑަމް ސާމްޕަލް އެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 142 ކޭސް އުޅޭއިރު، ހިތަދޫގައި 79 ކޭސް، ފޭދޫގައި އެކްޓިވް 29 ކޭސް، މަރަދޫފޭދޫގައި ހަތް ކޭސް އަދި ހުޅުދޫގައި 11 ކޭސް އަދި މީދޫގައި 26 އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 294 އަށް އަރާފައެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި ހަތަރު މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ ތިން މީހަކު ނިޔާވެފައެވެ.